Loading...
Language: Dhivehi
އަނިޔާ ލިބިފައިވާ މީހާގެ ދުޢާ އިޖާބަ ކުރައްވާކަމުގެ ހެއްކަކީ ސަޢުދު (ރ.ޢ) އާއި އަބޫ ސަޢްދާއާ ދެމެދު ހިނގި ޙާދިޘާއެވެ. ސަޢުދު (ރ.ޢ) އާ މެދު ސުވާލު ދެންނެވުމުން، އަބޫ ސަޢްދާ ދެންނެވިއެވެ: "ކަލޭގެފާނު ތިމަންމެންނަށް ހުވާކޮށްފައި ސުވާލުކުރެއްވީތީ ދަންނަވަމެވެ. ސަޢުދު ހަނގުރާމައަށް ނުނިކުންނަވައެވެ. އަދި ޣަނީމާ މުދާ ހަމަހަމައަށް ބަހައިނުދެއްވައެވެ. އަދި ޙުކުމް ކުރެއްވުމުގައި އިންޞާފުވެރިއެއް ނުވެއެވެ." (މި އަޑުއައްސަވާފައި) ސަޢުދު (ރ.ޢ) ވިދާޅުވިއެވެ: "އެހެންވިއްޔާ ތިމަންކަލޭގެފާނު ތިން ކަމަކަށް އެދި ﷲ އަށް ދުޢާ ކުރައްވަމެވެ. އޭ ﷲ! އިބަ ރަސްކަލާނގެ މި އަޅާ އެބުނީ ދޮގެއް ކަމުގައި ވެފައި، އެބުނި އެއްޗެއް ބުނީ ދެއްކުމަށްޓަކައި ކަމުގައި ވާނަމަ، އޭނާގެ ޢުމުރު ދިގުކުރައްވާނދޭވެ! އަދި އޭނާ ފަޤީރު ކުރައްވާނދޭވެ! އަދި އޭނާ ފިތުނަތަކަށް ހުށަހަޅުއްވާނދޭވެ!" (ފަހުން ކަންތައްވީ ހަމަ އެފަދައިންނެވެ).
Reference: ބުޚާރީ: 755