Loading...
Language: Dhivehi
اَللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَبِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِي، وَنُوْرَ بَصَرِيْ (وَنُورَ صَدْرِي)، وَجَلَاءَ حُزْنِيْ، وَذَهَابَ هَمِّيْ
އޭ ﷲ! ހަމަކަށަވަރުން މިއަޅާއީ އިބަރަސްކަލާނގެ އަޅަކީމެވެ. އަދި އިބަރަސްކަލާނގެ އަޅެއްގެ ދަރިއަކީމެވެ. އަދި އިބަރަސްކަލާނގެ އަޅު އަންހެނެއްގެ ދަރިއަކީމެވެ. މިއަޅާގެ ނިތްކުރިވަނީ (އެބަހީ: މިއަޅާގެ ހުރިހާ ކަމެއްމެ ވަނީ) އިބަރަސްކަލާނގެ އަތްޕުޅުގައެވެ. މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ޙުކުމްފުޅު ހިނގާނެއެވެ. މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ޤަޟާކުރެއްވުންވަނީ ޢަދުލުވެރި ގޮތުގައެވެ. އިބަރަސްކަލާނގެ ޒާތުފުޅަށް ނަންދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ފޮތުގައި ބާވައިލައްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޚަލްޤުތަކުންގެ ތެރެއިން މީހަކަށް އުނގަންނަވައިދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޙަޟްރަތުގައިވާ ޣައިބުގެ ޢިލްމުގައި އިބަރަސްކަލާނގެ ޚާއްޞަކުރައްވާފައިވާ އިބަރަސްކަލާނގެ ކޮންމެ އިސްމުފުޅެއް މެދުވެރިކޮށް މިއަޅާ އެދެމެވެ. ޤުރުއާނަކީ މިއަޅާގެ ހިތުގެ ބަހާރު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ މޭގެ ނޫރު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ ހިތާމަ ފިލުއްވައިދެނިވި އެއްޗެއް ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ މޮޅިވެރިކަން ގެންދަވާނޭ އެއްޗެއް ކަމުގައި ލައްވާނދޭވެ!
Reference: [1] އަޙްމަދު 1/391، އަދި އަލްއަލްބާނީ ޞަޙީޙާ 1/337 ގައި މިއީ ޞަޙީޙް ކަމަށް ބަޔާންކުރައްވާފައިވޭ [2] ޞަޙީޙް އިބްނު ޙިއްބާން 3/253