Loading...
Language: Dhivehi
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ بَدِيعُ السَّمَاوَاتِ وَالْأَرْضِ، يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ، إِنِّي أَسْأَلُكَ
އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އެއީ އެންމެހާ ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ އިބަރަސްކަލާނގެއަށް ކަމުގައިވާތީއެވެ. އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއީ ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ. އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އޭ ޖަލާލުވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާކޯއެވެ! އޭ ދިރިދެމިވޮޑިގެންވާ، އަދި އަމިއްލަ ޒާތުފުޅުން ޤާއިމުވެވޮޑިގެންވާ ރަސްކަލާކޯއެވެ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ.
Reference: ޞަޙީޙް (އަލްބާނީ). ނަސާއީ: 1300