Loading...
Language: Dhivehi
ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: ރޭގަނޑު މީހަކަށް ހޭލެވިގެން (މިފަދައިން) ކިޔައިފިނަމަ -
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيْرٌ. اَلْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
ލއަ އިިލަހަ އިިލއްއަ އލލްލަހު ވަޙްދަހު ލއަ ޝަރިޔކަ ލަހު، ލަހު އލްމުލްކު ވަލަހު އލްޙަމްދު، ވަހުވަ ޢަލަޔ ކުލްލި ޝަޔްއިން ޤަދިޔރުން. އލްޙަމްދު ލިލްލަހި، ވަސުބްޙައނަ އލލްލަހި، ވަލއަ އިިލަހަ އިިލއްއަ އލލްލަހު، ވައލލްލަހު އަކްބަރު، ވަލއަ ޙަވްލަ ވަލއަ ޤުވްވަތަ އިިލއްއަ ބިއލލްލަހި
ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން މިލްކްވެގެންވަނީ އެކަލާނގެއަށެވެ. އަދި ހުރިހާ ޙަމްދެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އަދި ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އަދި ﷲ އީ އެންމެ ބޮޑު ރަސްކަލާނގެއެވެ. އަދި ﷲ ގެ ކިބައިން މެނުވީ (އެއްވެސް ކަމަކަށް) އާރެއް އަދި ބާރެއް ލިބިގެން ނުވެއެވެ. ދެން (މިހެން ކިޔާފައި) އޭނާ: "އޭ ﷲ! މިއަޅާގެ ފާފަ ފުއްސަވާނދޭވެ!" މިފަދައިން ބުނެފިނަމަ، ނުވަތަ ދުޢާއެއްކޮށްފިނަމަ، އެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ.
Reference: ބުޚާރީ: 1154