Loading...
Language: Dhivehi
އަނަސް އިބްނު މާލިކް (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. ރަސޫލުﷲ (ﷺ) މިފަދައިން ކިޔުއްވައި އުޅުއްވިއެވެ.
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْهَرَمِ، وَالْبُخْلِ وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
އޭ ﷲ! ނުކުޅެދުންތެރިކަމާއި، ކަންނެތްކަމާއި، ފިނޑިކަމާއި، މުސްކުޅިވެ ގައިބާރުދެރަވުމާއި، ބަޚީލްކަމުން ރައްކާތެރިކޮށްދެއްވުންއެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ. އަދި ކަށްވަޅުގެ ޢަޛާބުންްނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުންއެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ.
Reference: ބުޚާރީ: ٦٣٦٧، މުސްލިމް: ٢٧٠٦