Loading...
Language: Dhivehi
އިބްނު އައްބާސް (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. މުޞީބާތުގެ ވަގުތުގައި ރަސޫލާ (ﷺ) ވިދާޅުވެ އުޅުއްވިއެވެ.
لَا إِلَهَ إِلَّا اللَّهُ الْعَظِيْمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ ޙަލީމްވަންތަ ޢަޡީމްވަންތަ ރަސްކަލާނގެއެވެ. މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ މަތިވެރިވެގެންވާ ޢަރްޝީގެ ވެރި ރަސްކަލާނގެއެވެ. މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އުޑުތަކާއި، ބިމުގެ ވެރި ރަސްކަލާނގެއެވެ. އަދި މާތްވެގެންވާ ޢަރްޝީގެ ވެރި ރަސްކަލާނގެއެވެ.
Reference: ބުޚާރީ: ٦٣٤٦