Loading...
Language: Dhivehi
ދުޢާ އިޖާބަވުމުގެ އެންމެ ބާރުގަދަ އެއް ސަބަބަކީ، ކުރިމަތިވެފައިވާ ދަތިކަމެއްގެ ތެރޭގައި ހެޔޮ ޢަމަލެއް ވަސީލަތަކަށް ހަދައި ދުޢާކުރުމެވެ. މީގެ ދަލީލަކީ ތިން މީހެއްގެ ވާހަކައެވެ. އެމީހުން ރޭގަނޑު ހޮހަޅައަކަށް ވަދެ ތިއްބައި ފަރުބަދަމަތިން ބޮޑު ހިލައެއް ވެއްޓި ހޮހަޅައިގެ ދޮރު ބަންދުވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ: "ހަމައެކަނި ﷲ އަށްޓަކައި ތިޔަބައިމީހުން ކޮށްފައިވާ ހެޔޮ ޢަމަލުތައް ހޯދައި ބަލާށެވެ! ދެން އެ ޢަމަލުތައް މެދުވެރިކޮށް ﷲ އަށް ދުޢާކުރާށެވެ! އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް މިކަމުން ނުކުމެވޭނެ މަގެއް ދައްކަވައިފާނެއެވެ." ދެން އެމީހުން އެމީހުންގެ ހެޔޮ ޢަމަލުތައް މެދުވެރިކޮށް ﷲ އަށް ދުޢާކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެ ހިލަގަނޑު އެއްފަރާތްވެ، އެމީހުންނަށް (ހޮހަޅައިން) ނުކުމެވުނެވެ.
Reference: ބުޚާރީ: 2215