Loading...
Language: Dhivehi
ﷲ ގެ ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ. މުޞީބާތުގައިވާ މީހާ ކުރާނެ ދުޢާއަކީ:
اَللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِيْ كُلَّهُ لَا إِلَهَ إِلاَّ أَنْتَ
އޭ ﷲ! މިއަޅާ އުއްމީދުކުރަނީ އިބަރަސްކަލާނގެ ރަޙްމަތަށެވެ. ފަހެ، ލޮލުގެ އެސްފިޔަޖަހާހާ ހިނދުކޮޅަކަށްވެސް މިއަޅާގެ ނަފްސާ މިއަޅާ ޙަވާލުނުކުރައްވާނދޭވެ! އަދި މިއަޅާގެ އެންމެހާ ކަމެއް އިޞްލާޙްކޮށްދެއްވާނދޭވެ! އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ.
Reference: ޙަސަން. އަބޫ ދާވޫދު: ٥٠٩٠