Loading...
Language: Dhivehi
ﷲ ގެ ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ. ﷲ ގެ އަޅަކަށް މުޞީބާތެއް ޖެހުމުން މިފަދައިން ކިޔާށެވެ.
اَللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِي بِيَدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤُكَ أَسْأَلُكَ بِكُلِّ اِسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِي وَنُورَ صَدْرِي وَجَلَاءَ حُزْنِيْ وَذَهَابَ هَمِّيْ
އޭ ﷲ! ހަމަކަށަވަރުން މިއަޅާއީ އިބަރަސްކަލާނގެ އަޅަކީމެވެ. އަދި އިބަރަސްކަލާނގެ އަޅެއްގެ ދަރިއަކީމެވެ. އަދި އިބަރަސްކަލާނގެ އަޅު އަންހެނެއްގެ ދަރިއަކީމެވެ. މިއަޅާގެ ނިތްކުރިވަނީ (އެބަހީ: މިއަޅާގެ ހުރިހާ ކަމެއްމެ ވަނީ) އިބަރަސްކަލާނގެ އަތްޕުޅުގައެވެ. މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ޙުކުމްފުޅު ހިނގާނެއެވެ. މިއަޅާގެ މައްޗަށް އިބަރަސްކަލާނގެ ޤަޟާކުރެއްވުންވަނީ ޢަދުލުވެރި ގޮތުގައެވެ. އިބަރަސްކަލާނގެ ޒާތުފުޅަށް ނަންދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޚަލްޤުތަކުންގެ ތެރެއިން މީހަކަށް އުނގަންނަވައިދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ފޮތުގައި ބާވައިލައްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޙަޟްރަތުގައިވާ ޣައިބުގެ ޢިލްމުގައި އިބަރަސްކަލާނގެ ޚާއްޞަކުރައްވާފައިވާ އިބަރަސްކަލާނގެ ކޮންމެ އިސްމުފުޅެއް މެދުވެރިކޮށް މިއަޅާ އެދެމެވެ. ޤުރުއާނަކީ މިއަޅާގެ ހިތުގެ ބަހާރު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ މޭގެ ނޫރު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ ހިތާމަ ފިލުއްވައިދެނިވި އެއްޗެއް ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ މޮޅިވެރިކަން ގެންދަވާނޭ އެއްޗެއް ކަމުގައި ލައްވާނދޭވެ!
Reference: ޞަޙީޙް (އަލްބާނީ). ސިލްސިލަތުލް ޞަޙީޙާ: 199