Loading...
Language: Dhivehi
އިބްނު އައްބާސް (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. ނަބިއްޔާ (ﷺ) ދުޢާގައި މިފަދައިން ވިދާޅުވެއެވެ.
رَبِّ أَعِنِّيْ وَلَا تُعِنْ عَلَىَّ وَانْصُرْنِيْ وَلَا تَنْصُرْ عَلَىَّ وَامْكُرْ لِي وَلَا تَمْكُرْ عَلَىَّ وَاهْدِنِيْ وَيَسِّرِ الْهُدَى لِي وَانْصُرْنِيْ عَلَى مَنْ بَغَى عَلَىَّ رَبِّ اجْعَلْنِيْ لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا رَبِّ تَقَبَّلْ تَوْبَتِيْ وَاغْسِلْ حَوْبَتِيْ وَأَجِبْ دَعْوَتِيْ وَثَبِّتْ حُجَّتِيْ وَسَدِّدْ لِسَانِيْ وَاهْدِ قَلْبِيْ وَاسْلُلْ سَخِيْمَةَ صَدْرِيْ
އޭ ﷲ! މިއަޅާއަށް ވާގިވެރިވެވޮޑިގަންނަވާނދޭވެ! އަދި މިއަޅާއާ ދެކޮޅަށް އެހެން ފަރާތަކަށް ވާގިވެރިވެވޮޑިނުގަންނަވާނދޭވެ! އަދި މިއަޅާއަށް ނަޞްރު ދެއްވާނދޭވެ! އަދި މިއަޅާއާ ދެކޮޅަށް އެހެން ފަރާތަކަށް ނަޞްރު ނުދެއްވާނދޭވެ! އަދި މިއަޅާއަށްޓަކައި ތަދުބީރުކުރައްވާނދޭވެ! އަދި މިއަޅާއާ ދެކޮޅަށް މަކަރުވެރި ރޭވުމެއް ނުރާއްވަވާނދޭވެ! އަދި މިއަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! އަދި މިއަޅާއަށް ހިދާޔަތް ފަސޭހަކޮށްދެއްވާނދޭވެ! އަދި މިއަޅާގެ މައްޗަށް އަނިޔާވެރިވާ މީހުންގެ މައްޗަށް މިއަޅާއަށް ނަޞްރު ދެއްވާނދޭވެ! އޭ ﷲ! އިބަރަސްކަލާނގެއަށް ގިނަގިނައިން ޝުކުރުކުރާ، އަދި އިބަރަސްކަލާނގެ ހަނދުމަކުރާ، އަދި އިބަރަސްކަލާނގެއަށް ބިރުވެތިވާ، އަދި އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާ، އަދި އިބަރަސްކަލާނގެއަށް ޚުޝޫޢަތްތެރިވާ، އަދި އިބަރަސްކަލާނގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާ މީހެއްކަމުގައި މިއަޅާ ލައްވާނދޭވެ! އޭ ﷲ! މިއަޅާގެ ތައުބާ ޤަބޫލުކުރައްވާނދޭވެ! އަދި މިއަޅާގެ ކުށްފާފަތައް ފުއްސަވާނދޭވެ! އަދި މިއަޅާގެ ދުޢާ އިޖާބަކުރައްވާނދޭވެ! އަދި މިއަޅާގެ ޙުއްޖަތް ސާބިތުކުރައްވާނދޭވެ! އަދި މިއަޅާގެ ދޫ ސީދާކުރައްވާނދޭވެ! އަދި މިއަޅާގެ ހިތަށް ތެދުމަގު ދައްކަވާނދޭވެ! އަދި މިއަޅާގެ ހިތުގެ ނުބައިކަން ފިލުއްވާނދޭވެ!
Reference: ޞަޙީޙް. ތިރްމިޒީ: ٣٥٥١