Loading...
Language: Dhivehi
ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ (ﷺ) އެކަމަނާއަށް މި ދުޢާ ދަސްކޮށްދެއްވިއެވެ.
اَللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوْذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوْذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اَللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوْذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
އޭ ﷲ! ހުރިހާ ހެޔޮކަމަކަށް މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އެއީ އަވަހަށް ލިބޭނޭ ހެޔޮކަމާއި، ފަހުން ލިބޭނޭ ހެޔޮކަމެވެ. އެކަންކަމުގެ ތެރެއިން މިއަޅާއަށް އެނގިފައިވާ ކަންކަމާއި، މިއަޅާއަށް އެނގިފައިނުވާ ކަންކަމެވެ. އަދި ހުރިހާ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވުންއެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ. އެއީ އަވަހަށް ލިބޭނޭ ނުބައިކަމާއި، ފަހުން ލިބޭނޭ ނުބައިކަމެވެ. އެކަންކަމުގެ ތެރެއިން މިއަޅާއަށް އެނގިފައިވާ ކަންކަމާއި، މިއަޅާއަށް އެނގިފައިނުވާ ކަންކަމެވެ. އޭ ﷲ! އިބަރަސްކަލާނގެ އަޅާ އަދި ނަބިއްޔާ (ﷺ) އެދިވަޑައިގެންނެވި ހެޔޮކަމަށް މިއަޅާވެސް އެދެމެވެ. އަދި އިބަރަސްކަލާނގެ އަޅާ އަދި ނަބިއްޔާ (ﷺ) ރައްކާތެރިކަމަށް އެދިވަޑައިގެންނެވި ނުބައިކަމުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާވެސް ދަންނަވަމެވެ. އޭ ﷲ! ސުވަރުގެ ދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި އެ ސުވަރުގެއާ ގާތްކޮށްދޭނޭ ބަހާއި ޢަމަލަށް ތައުފީޤު ދެއްވުން އެދެމެވެ. އަދި ނަރަކައިން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ނަރަކައާ ގާތްކޮށްދޭނޭ ބަހާއި ޢަމަލުން ދުރުކޮށްދެއްވުން އެދެމެވެ. އަދި މިއަޅާއަށް އިބަރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ކޮންމެ ޤަޟާއެއް އެއީ ހެޔޮކަމެއް ކަމުގައި ލައްވާނދޭވެ!
Reference: ޞަޙީޙް. އިބްނު މާޖާ: ٣٨٤٦