Loading...
Language: Dhivehi
اَللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِيْنِ وَأَنْ تَغْفِرَ لِي وَتَرْحَمَنِي وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِيْ غَيْرَ مَفْتُوْنٍ وَأَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ
އޭ ﷲ! ހެޔޮ ކަންތައްތައް ކުރުމުގެ ތައުފީޤު ދެއްވުން އެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މުންކަރާތްތައް ދޫކޮށްލުމަށާއި، މިސްކީނުން ދެކެ ލޯބިވުން މިއަޅާއަށް މިންވަރުކުރައްވާނދޭވެ! އަދި މިއަޅާއަށް ފާފަފުއްސަވައި، މިއަޅާއަށް ރަޙްމަތް ލެއްވުން އެދެމެވެ. އަދި ބައެއްގެ މެދުގައި ފިތުނައެއް ލައްވަން އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ފިތުނައެއްގައި ޖެހުމުގެ ކުރިން މިއަޅާ މަރުގެންދަވާނދޭވެ! އަދި އިބަރަސްކަލާނގެ ލޯބިވެވޮޑިގަތުމަށް މިއަޅާ އެދެމެވެ. އަދި އިބަރަސްކަލާނގެ ދެކެ ލޯބިވާ މީހުން ދެކެ ލޯބިވުން މިއަޅާއަށް މިންވަރުކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ލޯބިވެވޮޑިގަތުމާ މިއަޅާ ކުއްތަންކޮށްދޭނޭ ޢަމަލުތަކަށް ލޯބިކުރުން މިއަޅާއަށް މިންވަރުކުރައްވާނދޭވެ!
Reference: [١] ތިލަ: ފާފަ ފުއްސެވޭ ޢަމަލުތައް [٢] ޞަޙީޙް. ތިރްމިޒީ: ٣٢٣٥