Loading...
Language: Dhivehi
އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) އެކަލޭގެފާނުގެ އަޞްޙާބުންނަށް މި ކަލިމަތަކުން ދުޢާކޮށްދެއްވުމަށްފަހުގައި މެނުވީ މަޖިލީހުން ތެދުވެވަޑައިނުގަންނަވައެވެ.
اَللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُوْلُ بَيْنَنَا وَبَيْنَ مَعَاصِيْكَ وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ وَمِنَ الْيَقِيْنِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيْبَاتِ الدُّنْيَا وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا وَاجْعَلْهُ الْوَارِثَ مِنَّا وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا وَانْصُرْنَا عَلَى مَنْ عَادَانَا وَلَا تَجْعَلْ مُصِيْبَتَنَا فِي دِيْنِنَا وَلَا تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلَا مَبْلَغَ عِلْمِنَا وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا
އޭ ﷲ! މިއަޅަމެންނާއި އިބަރަސްކަލާނގެއަށް އުރެދުމާ ދެމެދު ހުރަސްއަޅާނޭ ބިރުވެތިކަން މިއަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އަދި މިއަޅަމެން ސުވަރުގެއަށް ވާޞިލްކޮށްދޭނޭ ކިޔަމަންތެރިކަން މިންވަރުކުރައްވާނދޭވެ! އަދި ދުނިޔޭގެ މުޞީބާތްތައް މިއަޅަމެންނަށް ލުއިކޮށްދޭނޭ ޔަޤީންކަން މިންވަރުކުރައްވާނދޭވެ! އަދި މިއަޅަމެން ދިރިތިބިހާ ހިނދަކު، މިއަޅަމެންގެ އިވުމާއި، ފެނުމާއި، ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާނދޭވެ! އަދި އެކަންކަން މިއަޅަމެންގެ ވާރުތަވެރިން ކަމުގައި ލައްވާނދޭވެ! އަދި މިއަޅަމެންނަށް އަނިޔާކުރި މީހުންގެ ކިބައިން ބަދަލުހިފުން ލައްވާނދޭވެ! އަދި މިއަޅަމެންނާ ޢަދާވާތްތެރިވީ މީހުންގެ މައްޗަށް މިއަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި މިއަޅަމެންގެ ދީނުގައި މިއަޅަމެންނަށް މުޞީބާތެއް ނުޖައްސަވާނދޭވެ! އަދި ދުނިޔެއަކީ މިއަޅަމެންގެ އެންމެބޮޑު ހިތާމަ ކަމުގައި ނުލައްވާނދޭވެ! އަދި މިއަޅަމެންގެ ޢިލްމުގެ ނިމުން ކަމުގައިވެސް ނުލައްވާނދޭވެ! އަދި މިއަޅަމެންނަށް ރަޙްމު ނުކުރާނޭ މީހަކު މިއަޅަމެންގެ މައްޗަށް ވެރި ނުކުރައްވާނދޭވެ!
Reference: ޙަސަން. ތިރްމިޒީ: ٣٥٠٢