Loading...
Language: Dhivehi
އިބްނު އައްބާސް (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. ރަސޫލުﷲ (ﷺ) މިފަދައިން ވިދާޅުވެ އުޅުއްވިއެވެ.
اَللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اَللَّهُمَّ إِنِّي أَعُوْذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِيْ أَنْتَ الْحَيُّ الَّذِيْ لَا يَمُوْتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ
އޭ ﷲ! މިއަޅާ ކިޔަމަންވީ އިބަރަސްކަލާނގެއަށެވެ. އަދި އީމާންވީ އިބަރަސްކަލާނގެއަށެވެ. އަދި ވަކީލުކުރީ އިބަރަސްކަލާނގެއަށެވެ. އަދި މިއަޅާ ރުޖޫޢަވީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ. އަދި (ދީނުގެ ދުޝްމަނުންނާ) ޖަދަލުކުރީ އިބަރަސްކަލާނގެ މަދަދާއެކުގައެވެ. އޭ ﷲ! އިބަރަސްކަލާނގެ ޢިއްޒަތްވެރިކަން މެދުވެރިކޮށް، މިއަޅާ މަގުފުރެއްދުމުން ރައްކާތެރިކޮށްދެއްވުންއެދި ދަންނަވަމެވެ. އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއީ މަރުވުމެއް ނުވާ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. ނަމަވެސް ޖިންނީންނާއި އިންސާނުން މަރުވެދެއެވެ.
Reference: މުސްލިމް: ٢٧١٧