Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. ނަބިއްޔާ (ﷺ) މިފަދައިން ދުޢާކުރައްވައި އުޅުއްވިއެވެ.
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ جَارِ السُّوْءِ فِي دَارِ الْمُقَامَةِ فَإِنَّ جَارَ الْبَادِيَةِ يَتَحَوَّلُ
އޭ ﷲ! ދާއިމީ ގޮތެއްގައި ގާތުގައި އުޅޭ ނުބައި އަވަށްޓެރިޔާގެ ކިބައިން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. ފަހެ، ހަމަކަށަވަރުން ދަތުރުމަތީގައި (ވަގުތީގޮތުން) ދިމާވާ އަވަށްޓެރިޔާ ބަދަލުވެގެން ހިނގައިދާނެއެވެ.
Reference: ޙަސަން (އަލްބާނީ). ޞަޙީޙުލް ޖާމިޢު: 1290