Loading...
Language: Dhivehi
މީހަކު މިފަދައިން ކިޔަނިކޮށް ރަސޫލުﷲ (ﷺ) އަށް އިވިވަޑައިގެންނެވިއެވެ.
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَّنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ اَلَّذِي لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُنْ لَّهُ كُفُوًا أَحَدٌ
އޭ ﷲ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ﷲ ކަމަށް މިއަޅާ ހެކިވަމެވެ. އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެންނުވާ، އެންމެހާ ތަކެތި އެފަރާތަކަށް ބޭނުންވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންނުވެއެވެ. އަދި އެކަލާނގެ އުފެދިވޮޑިގެންވަނީވެސް އެހެންފަރާތަކުން ނޫނެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ ހަމަ އެކަކުވެސް ނުވެއެވެ.
Reference: ޞަޙީޙް. އަބޫ ދާވޫދު: ١٤٩٣