Loading...
Language: Dhivehi
ނަބިއްޔާ (ﷺ) މިފަދައިން ދުޢާކުރައްވައި އުޅުއްވިއެވެ.
اَللَّهُمَّ ارْزُقْنِيْ حُبَّكَ وَحُبَّ مَنْ يَنْفَعُنِيْ حُبُّهُ عِنْدَكَ اَللَّهُمَّ مَا رَزَقْتَنِيْ مِمَّا أُحِبُّ فَاجْعَلْهُ قُوَّةً لِي فِيمَا تُحِبُّ اَللَّهُمَّ وَمَا زَوَيْتَ عَنِّيْ مِمَّا أُحِبُّ فَاجْعَلْهُ لِي فَرَاغًا فِيمَا تُحِبُّ
އޭ ﷲ! އިބަރަސްކަލާނގެ ލޯބިވެވޮޑިގަތުމާއި، އިބަރަސްކަލާނގެ ޙަޟްރަތުގައި މަންފާކުރަނިވި ލޯތްބެއްގެ ވެރިމީހާގެ ލޯބި މިއަޅާއަށް ދެއްވާނދޭވެ! އޭ ﷲ! މިއަޅާ ލޯބިވާ ތަކެތީގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ އެއްޗަކީ، އިބަރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ކަންކަމުގައި މިއަޅާއަށް ލިބޭ ބާރެއް ކަމުގައި ލައްވާނދޭވެ! އޭ ﷲ! އަދި މިއަޅާ ލޯބިވާ ތަކެތީގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ނުދެއްވައި ހިފެހެއްޓެވި ކޮންމެ ކަމަކީ (އެކަމަށް ހޭދަވާނެ ވަގުތު) އިބަރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ކަންކަމުގައި މިއަޅާ ހުސްވެހުރުމަށް ލިބޭ ވަގުތު ކަމުގައި ލައްވާނދޭވެ!
Reference: ޙަސަން (އިބްނު ހަޖަރު). ތަޚްރީޖް މިޝްކާތު: ٣/٣١