Loading...
Language: Dhivehi
ﷲ ގެ ރަސޫލާ (ﷺ) އަހަރެމެން ނިދަން އޮށޯންނައިރު މިފަދައިން ކިޔުމަށް އަމުރުކުރައްވައި އުޅުއްވިއެވެ.
اَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيْلِ وَالْفُرْقَانِ، أَعُوْذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اَللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اِقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
އޭ ﷲ! އުޑުތަކުގެ ވެރި ރަސްކަލާނގެއެވެ. އަދި ބިމުގެ ވެރި ރަސްކަލާނގެއެވެ. އަދި މާތްވެގެންވާ ޢަރްޝީގެ ވެރި ރަސްކަލާނގެއެވެ. އަޅަމެންގެ ވެރި ރަސްކަލާނގެއެވެ. އަދި ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެއެވެ. އޮށްޓަރާއި ކަދުރުއޮށް ފަޅުއްވައި ނެރުއްވާ ރަސްކަލާނގެއެވެ. އަދި ތައުރާތާއި، އިންޖީލާއި، ފުރުޤާން (ޤުރުއާން) ބާވައިލެއްވި ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގެ ދަށުގައިވާ ކޮންމެ އެއްޗެއްގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! އިބަރަސްކަލާނގެއީ އެންމެ ފުރަތަމައެވެ. ފަހެ، އިބަރަސްކަލާނގެ ކުރިއަކުން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ އެންމެ ފަހެވެ. ފަހެ، އިބަރަސްކަލާނގެ ފަހަކުން އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އިބަރަސްކަލާނގެއަށްވުރެ މަތީގައި އެއްވެސް އެއްޗެއް ނުވެއެވެ. އަދި އިބަރަސްކަލާނގެއީ (އެންމެހާ ކަމެއް) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އިބަރަސްކަލާނގެއަށް ވަންހަނާވެގެން އެއްވެސް އެއްޗެއް ނުވެއެވެ. މިއަޅަމެންގެ ދަރަނި ފުއްދަވައިދެއްވާނދޭވެ! އަދި ފަޤީރުކަމުން މިއަޅަމެން މުއްސަނދިކުރައްވާނދޭވެ!
Reference: މުސްލިމް: ٢٧١٣