Loading...
Language: Dhivehi
رَبَّنَا أَصْلِحْ بَيْنَنَا، وَاهْدِنَا سَبِيلَ الْإِسْلَامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ، وَاصْرِفْ عَنَّا الْفَوَاحِشَ مَا ظَهْرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا، وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ، وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ، مُثْنِينَ بِهَا، قَائِلِينَ بِهَا، وَأَتْمِمْهَا عَلَيْنَا
އޭ އަޅަމެންގެ ވެރިރަސްކަލާނގެ! އަޅަމެންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކޮށްދެއްވާނދޭވެ! އަދި އިސްލާމްދީނުގެ މަގަށް އަޅަމެންނަށް ހިދާޔަތް ދައްކަވާނދޭވެ! އަދި އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އަޅަމެން ނެރުއްވާނދޭވެ! އަދި ފާޙިޝް ޢަމަލުތަކުން، އޭގެ ތެރެއިން ފާޅުވެގެންވާ ކަންކަމާއި ސިއްރުވެގެންވާ ކަންކަމުން އަޅަމެން ދުރުކުރައްވާނދޭވެ! އަދި އަޅަމެންގެ އިވުމާއި، ފެނުމާއި، ހިތްތަކާއި، އަނބިންނާއި، ދަރިންގެ ކިބައިގައި އަޅަމެންނަށްޓަކައި ބަރަކާތް ލައްވާނދޭވެ! އަދި އަޅަމެންގެ މައްޗަށް ތައުބާ ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ ނިޢުމަތަށް ޝުކުރުކުރާ، އަދި އެ ނިޢުމަތަށް ޘަނާކިޔާ، އަދި އެ ނިޢުމަތް ޤަބޫލުކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އަދި އަޅަމެންގެ މައްޗަށް އެ ނިޢުމަތް ފުރިހަމަކޮށްދެއްވާނދޭވެ!
Reference: ޞަޙީޙް. ޞަޙީޙް އަދަބުލް މުފްރަދު: ٦٣٠