Loading...
Language: Dhivehi
މީހަކު ތަޝައްހުދަށްފަހު ދުޢާކުރަނީއެވެ -
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ، بَدِيعُ السَّمَوَاتِ وَالْأَرْضِ يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّوْمُ
އލލްލަހުމްމަ އިިންނިޔ އަސްއަލުކަ ބިއަންނަ ލަކަ އލްޙަމްދަ، ލއަ އިިލަހަ އިިލއްއަ އަންތަ އލްމަންނައނު ބަދިޔޢު އލސްސަމައވައތި ވައލއަރްޟި، ޔައ ޛައ އލްޖަލއަލި ވައލއިިކްރައމި! ޔައ ޙަޔްޔު ޔައ ޤަޔްޔުވމު
އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އެއީ ހުރިހާ ޙަމްދެއް ވަނީ އިބަރަސްކަލާނގެއަށް ކަމުގައި ވާތީއެވެ. އިބަރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއީ ގިނަގުނަ ނިޢުމަތްތައް ދެއްވާ، އިސްވެދިޔަ މިސާލަކާ ނުލައި އުޑުތަކާއި ބިން އުފެއްދެވި ރަސްކަލާނގެއެވެ. އޭ ޖަބާރުވަންތަ، މާތް ރަސްކަލާކޮ! އޭ ދިރިދެމިވޮޑިގެންވާ، އަބަދަށް ޤާއިމުވެވޮޑިގެންވާ ރަސްކަލާކޮ! ދެން ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "އޭނާ ދުޢާ އެ ކުރީ ކޮން އެއްޗަކުންކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ: "ﷲ އާއި އެކަލާނގެ ރަސޫލާ (ﷺ) ދެނެވަޑައިގަތުން ބޮޑެވެ." ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން އޭނާ ﷲ ގެ ޙަޟްރަތުގައި ދުޢާ އެކުރީ އެކަލާނގެ އެންމެ މަތިވެރި އިސްމުފުޅުންނެވެ. އެ އިސްމުފުޅުން ދުޢާކޮށްފިނަމަ އިޖާބަކުރައްވައެވެ. އަދި އެ އިސްމުފުޅުން ކަމަކަށް އެދިއްޖެނަމަ އެކަމެއް ދެއްވައެވެ."
Reference: ޞަޙީޙް (އަލްބާނީ). ނަސާއީ: 1300