Loading...
Language: Dhivehi
މުޙައްމަދު (ﷺ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މިފަދައިން ދުޢާ ދެންނެވިއެވެ.
اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَسْأَلَةِ، وَخَيْرَ الدُّعَاءِ، وَخَيْرَ النَّجَاحِ، وَخَيْرَ الْعَمَلِ، وَخَيْرَ الثَّوَابِ، وَخَيْرَ الْحَيَاةِ، وَخَيْرَ الْمَمَاتِ، وَثَبِّتْنِيْ، وَثَقِّل مَوَازِينِيْ، وَحَقِّقْ إِيْمَانِيْ، وَارْفَعْ دَرَجَاتِيْ، وَتَقَبَّلْ صَلَاتِيْ، وَاغْفِرْ خَطِيْئَتِيْ، وَأَسْأَلُكَ الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ، اَللَّهُمَّ إِنِّي أَسْأَلُكَ فَوَاتِحَ الْخَيْرِ، وَخَوَاتِمَهُ، وَجَوَامِعَهُ، وَأَوَّلَهُ، وَآخِرَهُ وَظَاهِرَهُ، وَبَاطِنَهُ، وَالدَّرَجَاتِ الْعُلَى مِنَ الْجَنَّةِ آمِينْ، اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَ مَا آتِيْ، وَخَيْرَ مَا أَفْعَلُ، وَخَيْرَ مَا أَعْمَلُ، وَخَيْرَ مَا بَطَنَ، وَخَيْرَ مَا ظَهَرَ، وَالدَّرَجَاتِ الْعُلَى مِنَ الْجَنَّةِ آمِينْ، اَللَّهُمَّ إنِّي أَسْأَلُكَ أَنْ تَرْفَعَ ذِكْرِيْ، وَتَضَعَ وِزْرِيْ، وَتُصْلِحَ أَمْرِيْ، وَتُطَهِّرَ قَلْبِيْ، وَتُحَصِّنَ فَرْجِيْ، وَتُنَوِّرَ قَلْبِيْ، وَتَغْفِرَ لِي ذَنْۢبِيْ، وَأَسْأَلُكَ الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ آمِينْ، اَللَّهُمَّ إنِّي أَسْأَلُكَ أَنْ تُبَارِكَ لِي فِي نَفْسِيْ، وَفِي سَمْعِيْ، وَفِي بَصَرِيْ، وَفِي رُوحِيْ، وَفِي خَلْقِيْ، وَفِي خُلُقِيْ، وَفِي أَهْلِيْ، وَفِي مَحْيَايَ، وَفِي مَمَاتِيْ، وَفِي عَمَلِيْ، فَتَقَبَّلْ حَسَنَاتِيْ، وَأَسْأَلُكَ الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ، آمِينْ
އޭ ﷲ! ހަމަކަށަވަރުން އެންމެހެޔޮ އެދުމަށާއި، އެންމެހެޔޮ ދުޢާއަށާއި، އެންމެހެޔޮ ކާމިޔާބީއަށާއި، އެންމެހެޔޮ ޢަމަލަށާއި، އެންމެހެޔޮ ޘަވާބަށާއި، އެންމެހެޔޮ ދިރިއުޅުމަށާއި، އެންމެހެޔޮ މަރުވުމަށް މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އަދި މިއަޅާ (ޙައްޤުގޮތުގައި) ސާބިތުކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދެއްވާނދޭވެ! އަދި މިއަޅާގެ އީމާންކަން ތެދުކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދަރަޖަ އުފުއްލަވާނދޭވެ! އަދި މިއަޅާގެ ނަމާދު ޤަބޫލުކުރައްވާނދޭވެ! އަދި މިއަޅާގެ ކުށްފާފަތައް ފުއްސަވާނދޭވެ! އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް މިއަޅާ އެދެމެވެ. އާމީން. އޭ ﷲ! ހަމަކަށަވަރުން ހެޔޮކަމުގެ ފެށުމަށާއި، ހެޔޮކަމުގެ ނިމުމަށާއި، ހެޔޮކަމުގެ ޖުމްލައަށާއި، ހެޔޮކަމުގެ އެންމެކުރިއަށާއި، ހެޔޮކަމުގެ އެންމެފަހަށާއި، ހެޔޮކަމުގެ ފާޅުވެގެންވާ ކަންކަމަށާއި، ހެޔޮކަމުގެ ސިއްރުވެގެންވާ ކަންކަމަށާއި، އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް މިއަޅާ އެދެމެވެ. އާމީން. އޭ ﷲ! ހަމަކަށަވަރުން މިއަޅާއަށް އަންނަ ހެޔޮކަމަށާއި، މިއަޅާ ކުރާ ހެޔޮކަމަށާއި، މިއަޅާގެ ހެޔޮ ޢަމަލަށާއި، މިއަޅާ ސިއްރުކުރާ ހެޔޮކަމަށާއި، މިއަޅާ ފާޅުކުރާ ހެޔޮކަމަށާއި، އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް މިއަޅާ އެދެމެވެ. އާމީން. އޭ ﷲ! މިއަޅާގެ ނަން އުފުއްލަވައިދެއްވުމަށާއި، މިއަޅާގެ ބުރަ ލުއިކޮށްދެއްވުމަށާއި، މިއަޅާގެ ކަންކަން އިޞްލާޙްކޮށްދެއްވުމަށާއި، މިއަޅާގެ ހިތް ޠާހިރުކޮށްދެއްވުމަށާއި، މިއަޅާގެ ފަރުޖު ރައްކާތެރިކޮށްދެއްވުމަށާއި، މިއަޅާގެ ހިތް އަލިކޮށްދެއްވުމަށާއި، މިއަޅާގެ ފާފަ ފުއްސަވައިދެއްވުމަށް މިއަޅާ އެދެމެވެ. އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް މިއަޅާ އެދެމެވެ. އާމީން. އޭ ﷲ! މިއަޅާގެ ނަފްސުގައްޔާއި، މިއަޅާގެ އިވުމުގައްޔާއި، މިއަޅާގެ ފެނުމުގައްޔާއި، މިއަޅާގެ ރޫޙުގައްޔާއި، މިއަޅާގެ ޚަލްޤުގައްޔާއި، މިއަޅާގެ ޚުލްޤުގައްޔާއި، މިއަޅާގެ އަހުލުވެރިންގެ ކިބައިގައްޔާއި، މިއަޅާގެ ދިރިއުޅުމުގައްޔާއި، މިއަޅާގެ މަރުވުމުގައްޔާއި، މިއަޅާގެ ޢަމަލުގައި މިއަޅާއަށް ބަރަކާތް ލެއްވުމަށް އެދެމެވެ. އަދި މިއަޅާގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާނދޭވެ! އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް މިއަޅާ އެދެމެވެ. އާމީން.
Reference: ޞަޙީޙް (ހައިޘަމީ). މަޖްމަޢުއްޒަވާޢިދު: 10/108