Loading...
Language: Dhivehi
اَللَّهُمَّ لَكَ الْحَمْدُ كُلُّهُ، اَللَّهُمَّ لَا قَابِضَ لِمَا بَسَطْتَ، وَلَا مُقَرِّبَ لِمَا بَاعَدْتَ، وَلَا مُبَاعِدَ لِمَا قَرَّبْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا مَانِعَ لِمَا أَعْطَيْتَ. اَللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ، اَللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لَا يَحُولُ وَلَا يَزُولُ. اَللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ، وَالْأَمْنَ يَوْمَ الْحَرْبِ، اَللَّهُمَّ عَائِذًا بِكَ مِنْ سُوءِ مَا أَعْطَيْتَنَا، وَشَرِّ مَا مَنَعْتَ مِنَّا. اَللَّهُمَّ حَبِّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ. اَللَّهُمَّ تَوَفَّنَا مُسْلِمِينَ، وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ، غَيْرَ خَزَايَا وَلَا مَفْتُونِينَ. اَللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يَصُدُّونَ عَنْ سَبِيلِكَ، وَيُكَذِّبُونَ رُسُلَكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ. اَللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ أُوتُوا الْكِتَابَ، إِلَهَ الْحَقِّ
އޭ ﷲ! އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވަނީ އިބަރަސްކަލާނގެއަށެވެ. އޭ ﷲ! އިބަރަސްކަލާނގެ ތަނަވަސްކޮށްދެއްވި ކަމެއް ހިފަހައްޓާނޭ ފަރާތެއް ނުވެއެވެ. އަދި އިބަރަސްކަލާނގެ ދުރުކުރެއްވި ކަމެއް ގާތްކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބަރަސްކަލާނގެ ގާތްކުރެއްވި ކަމެއް ދުރުކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބަރަސްކަލާނގެ މަނާކުރެއްވި ކަމެއް ދެވޭނޭ ފަރާތެއް ނުވެއެވެ. އަދި އިބަރަސްކަލާނގެ ދެއްވި އެއްޗެއް މަނާކުރާނޭ ފަރާތެއް ނުވެއެވެ. އޭ ﷲ! އިބަރަސްކަލާނގެ ބަރަކާތާއި، ރަޙްމަތާއި، ފަޟްލަވަންތަކަމާއި، ރިޒްޤު މިއަޅަމެންނަށް އިތުރުކޮށްދެއްވާނދޭވެ! އޭ ﷲ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެނީ ހުރަސްއެޅުމެއްނުވާ އަދި ފިލައިނުދާނޭ ދާއިމީ ނިޢުމަތަށެވެ. އޭ ﷲ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެނީ ފަޤީރުކަމުގެ ދުވަހު ނިޢުމަތަށާއި، ބިރުވެރިކަމުގެ ދުވަހު އަމާންކަމަށެވެ. އޭ ﷲ! އިބަރަސްކަލާނގެ މިއަޅަމެންނަށް ދެއްވި ތަކެތީގެ ނުބައިކަމުންނާއި، މިއަޅަމެންނަށް ނުދެއްވައި މަނާކުރެއްވި ތަކެތީގެ ނުބައިކަމުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އޭ ﷲ! މިއަޅަމެންގެ ހިތްތަކަށް އީމާންކަން ލޮބުވެތިކުރައްވާނދޭވެ! އަދި މިއަޅަމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކުރައްވާނދޭވެ! އަދި ކުފުރާއި، ފާފަވެރިވުމާއި، އުރެދުން މިއަޅަމެންނަށް ނުރުހުންތެރި އެއްޗެއް ކަމުގައި ލައްވާނދޭވެ! އަދި މިއަޅަމެންނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައި ލައްވާނދޭވެ! އޭ ﷲ! މިއަޅަމެން މަރުގެންދަވާހުށީ މުސްލިމުންގެ ގޮތުގައެވެ. އަދި މިއަޅަމެން ދިރިބައިތިއްބަވާހުށީ މުސްލިމުންގެ ގޮތުގައެވެ. އަދި ނިކަމެތިވުމެއް އަދި ފިތުނައެއްގައި ޖެހުމަކާ ނުލައި ޞާލިޙުންނާ މިއަޅަމެން ގުޅުއްވާނދޭވެ! އޭ ﷲ! އިބަރަސްކަލާނގެ މަގުން މީހުން ދުރުކޮށް، އިބަރަސްކަލާނގެ ރަސޫލުން ދޮގުކުޅަ ކާފަރުންނާ ހަނގުރާމަކުރައްވާނދޭވެ! އަދި އެއުރެންގެ މައްޗަށް އިބަރަސްކަލާނގެ ކޯފާއާއި ޢަޛާބު ލައްވާނދޭވެ! އޭ ﷲ! ފޮތުގެ އަހުލުވެރިންގެ ތެރެއިންވީ ކާފަރުންނާ ހަނގުރާމަކުރައްވާނދޭވެ! އޭ ޙައްޤުވަންތަ އިލާހެވެ!
Reference: ޞަޙީޙް. އަދަބުލް މުފްރަދު: ٦٩٩