Loading...
Language: Dhivehi
އަނަސް އިބްނު މާލިކް (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވިއެވެ. ނަބިއްޔާ (ﷺ) މި ދުޢާ ކުރައްވައި އުޅުއްވިއެވެ.
اَللَّهُمَّ زِدْنَا وَلَا تَنْقُصْنَا وَأَكْرِمْنَا وَلَا تُهِنَّا وَأَعْطِنَا وَلَا تَحْرِمْنَا وَآثِرْنَا وَلَا تُؤْثِرْ عَلَيْنَا وَأَرْضِنَا وَارْضَ عَنَّا
އޭ ﷲ! މިއަޅަމެންނަށް (ހެޔޮކަން) އިތުރުކޮށްދެއްވާނދޭވެ! އަދި އުނި ނުކުރައްވާނދޭވެ! އަދި މިއަޅަމެން މާތްކުރައްވާނދޭވެ! އަދި ނިކަމެތި ނުކުރައްވާނދޭވެ! އަދި މިއަޅަމެންނަށް ދެއްވާނދޭވެ! އަދި މިއަޅަމެން މަޙްރޫމް ނުކުރައްވާނދޭވެ! އަދި މިއަޅަމެންނަށް އިސްކަންދެއްވާނދޭވެ! އަދި މިއަޅަމެންގެ މައްޗަށް އެހެން ބަޔަކަށް އިސްކަން ނުދެއްވާނދޭވެ! އަދި މިއަޅަމެން (އިބަރަސްކަލާނގެ މިންވަރުފުޅަށް) ރުއްސަވާނދޭވެ! އަދި މިއަޅަމެންނަށް ރުހިވޮޑިގަންނަވާނދޭވެ!
Reference: ޙަސަން (ބަޣަވީ). ޝަރްޙުއް ސުންނާ: 3/154