Loading...
Language: Dhivehi
ﷲ ގެ ރަސޫލާ (ﷺ) ނަމާދުގައި މިފަދައިން ކިޔުއްވައި އުޅުއްވިއެވެ.
اَللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ وَالْعَزِيْمَةَ عَلَى الرُّشْدِ وَأَسْأَلُكَ شُكْرَ نِعْمَتِكَ وَحُسْنَ عِبَادَتِكَ وَأَسْأَلُكَ قَلْبًا سَلِيْمًا وَلِسَانًا صَادِقًا وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ وَأَسْتَغْفِرُكَ لِمَا تَعْلَمُ
އޭ ﷲ! ކަންކަމުގައި ސާބިތުކަން ދެއްވުމަށާއި، ތެދުމަގުގައި ޢަޒުމް ވަރުގަދަކުރެއްވުމަށް މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އަދި އިބަރަސްކަލާނގެ ނިޢުމަތަށް ޝުކުރުވެރިވުމަށާއި، އިބަރަސްކަލާނގެއަށް ރިވެތިކޮށް އަޅުކަންކުރުމުގެ ތައުފީޤަށް މިއަޅާ އެދެމެވެ. އަދި ސަލާމަތްވެގެންވާ ހިތަކަށާއި، ތެދުބުނާ ދުލަކަށް މިއަޅާ އެދެމެވެ. އަދި އިބަރަސްކަލާނގެ ދެނެވޮޑިގެންވާ ހުރިހާ ހެޔޮކަމަކަށް މިއަޅާ އެދެމެވެ. އަދި އިބަރަސްކަލާނގެ ދެނެވޮޑިގެންވާ ހުރިހާ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ ދަންނަވަމެވެ. އަދި އިބަރަސްކަލާނގެ ދެނެވޮޑިގެންވާ ކަންކަމުން (ކުށްފާފަތަކުން) ފުއްސެވުމަށް މިއަޅާ އެދެމެވެ.
Reference: ޞަހީހ ލި ޣައިރިހި. ތަޚްރީޖް މިޝްކާތު: ٩١٥