Loading...
Language: Dhivehi
اَللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ وَأَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُؤُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُؤُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
އޭ ﷲ! އިބަރަސްކަލާނގެއީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ މިއަޅާ ހެއްދެވިއެވެ. އަދި މިއަޅާއީ އިބަރަސްކަލާނގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ މިންވަރަކުން، މިއަޅާ މިހުރީ އިބަރަސްކަލާނގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވުނު ކަންތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުންއެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަރަސްކަލާނގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ، މިއަޅާއަށް ފާފަފުއްސަވައިދެއްވާނދޭވެ! އެހެނީ، ހަމަކަށަވަރުން އިބަރަސްކަލާނގެ ފިޔަވައި ފާފަފުއްސަވާނޭ އެހެން ފަރާތެއް ނުވެއެވެ.
Reference: ބުޚާރީ: ٦٣٠٦