Loading...
Language: Dhivehi
އަނަސް (ރ.ޢ) ވިދާޅުވިއެވެ: ތިމަންކަލޭގެފާނު ރަސޫލާ (ﷺ) މިފަދައިން ޙަދީޘްކުރައްވަނިކޮށް އަޑުއެއްސެވީމެވެ: "ހެނދުނު ނަމާދުން ފެށިގެން އިރުއަރަންދެން، މާތް ﷲ ހަނދުމަކުރުންމަތީ ދެމިތިބޭ ބަޔަކާއެކު އިނުން، އިސްމާޢީލްގެފާނުގެ ދަރިކޮޅުން ހަތަރު އަޅުން މިނިވަންކުރުމަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑެވެ. އަދި ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސެންދެން ﷲ ހަނދުމަކުރުންމަތީ ދެމިތިބޭ ބަޔަކާއެކު އިނުން، (އިސްމާޢީލްގެފާނުގެ ދަރިކޮޅުން) ހަތަރު އަޅުން މިނިވަންކުރުމަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑެވެ."
Reference: ޙަސަން (އަލްބާނީ). އަބޫ ދާވޫދު: 3667