Loading...
Language: Dhivehi
އަނަސް (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ރަސޫލުﷲ (ﷺ) މިފަދައިން ދުޢާކުރައްވައި އުޅުއްވިއެވެ.
اَللَّهُمَّ اِنِّي أَعُوْذُ بِكَ مِنَ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
އޭ ﷲ! ހަމަކަށަވަރުން ހިތާމައާއި މޮޅިވެރިކަމުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ފިނޑިކަމާއި ބަޚީލްކަމުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދަރަނިވެރިވުމާއި މީހުންގެ މައްޗަށް ގަދަވެގަތުމުން (އެބަހީ: މީހުންގެ ޝިކާރައަކަށްވެ ދިއުމުން) ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ.
Reference: ބުޚާރީ: ٢٨٩٣