Loading...
Language: Dhivehi
ﷲ ވަޙީކުރެއްވިއެވެ.
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿٩﴾ وَمَا جَعَلَهُ اللَّـهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ ۚ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّـهِ ۚ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿١٠﴾
އިޛް ތަސްތަޣީޘޫނަ ރައްބަކުމް...
(9) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން އެހީއަށްއެދި ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވިއެވެ. ހަމަކަށަވަރުން، މަލާއިކަތުންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވާހުށީމެވެ. އެ މަލާއިކަތުން ފުލުފުލުގައި (އެބަހީ: ތަރުތީބުން) ވަޑައިގަންނަވާނެތެވެ. (10) އަދި އުފާވެރި ޚަބަރެއް ކަމުގައްޔާއި، އެއިން ތިޔަބައިމީހުންގެ ހިތްތަކަށް ހަމަޖެހުން ލިބުމަށްޓަކައި މެނުވީ، ﷲ އެކަން ނުލައްވަތެވެ. އަދި ﷲ ގެ ޙަޟްރަތުން މެނުވީ ނަޞްރު ލިބުމެއް ނުވެއެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
Reference: ސޫރަތުލް އަންފާލް 8: 9-10