Loading...
Language: Dhivehi
وَلَقَدْ نَصَرَكُمُ اللَّـهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّـهَ لَعَلَّكُمْ تَشْكُرُونَ ﴿١٢٣﴾ إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَاثَةِ آلَافٍ مِّنَ الْمَلَائِكَةِ مُنزَلِينَ ﴿١٢٤﴾ بَلَىٰ ۚ إِن تَصْبِرُوا وَتَتَّقُوا وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلَافٍ مِّنَ الْمَلَائِكَةِ مُسَوِّمِينَ ﴿١٢٥﴾ وَمَا جَعَلَهُ اللَّـهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّـهِ الْعَزِيزِ الْحَكِيمِ ﴿١٢٦﴾
ވަ ލަޤަދް ނަޞަރަކުމުﷲ ބިބަދްރިން...
(123) ހަމަކަށަވަރުން، ބަދުރު ހަނގުރާމައިގައި ތިޔަބައިމީހުން ނިކަމެތިން ކަމުގައި ވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ. (124) ބާވައިލައްވާފައިވާ މަލާއިކަތުންގެ ތިންހާހަކުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހޭ، ކަލޭގެފާނު މުއުމިނުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! (125) ނޫނެކެވެ! (އެވަރު ފުދެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ، ތަޤްވާވެރިވީނަމަ، އަދި އެ މުޝްރިކުން އެވަގުތު ތިޔަބައިމީހުންގެ މައްޗަށް އައިސްގަތްނަމަ، (ފާހަގަކުރެވިގެންވާ) ފަސްހާސް މަލާއިކަތުންނާއެކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވާނެތެވެ. (126) އަދި އުފާވެރި ޚަބަރެއް ކަމުގައްޔާއި، އެއިން ތިޔަބައިމީހުންގެ ހިތްތަކަށް ހަމަޖެހުން ލިބުމަށްޓަކައި މެނުވީ، ﷲ އެކަން ނުލައްވަތެވެ. އަދި ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ ގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ.
Reference: ސޫރަތު އާލްޢިމްރާން 3: 123-126