Loading...
Language: Dhivehi
اَلَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ ﴿١٧٣﴾ فَانقَلَبُوا بِنِعْمَةٍ مِّنَ اللَّـهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّـهِ ۗ وَاللَّـهُ ذُو فَضْلٍ عَظِيمٍ ﴿١٧٤﴾
އައްލަޛީނަ ޤާލަ ލަހުމުއްނާސު...
(173) އެއުރެންނީ، މީސްތަކުން އެއުރެންނަށް ބުނި މީހުންނެވެ. ހަމަކަށަވަރުން، މީސްތަކުން (އެބަހީ: މައްކާގެ ކާފަރުން) ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެއްޖެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ފަހެ، އެ ބަސްތަކުން އެއުރެންނަށް (އެބަހީ: މުއުމިނުންނަށް) އިތުރުވީ އީމާންކަމެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށް ﷲ ފުދެއެވެ. އަދި އެކަލާނގެއީ، ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! (174) ފަހެ، ﷲ ގެ ޙަޟްރަތުން ލިބުނު ނިޢުމަތަކާއި، ފަޟްލަވަންތަކަމާއެކު، އެއުރެން އެނބުރި އައޫއެވެ. އެއްވެސް ނުބައިކަމެއް އެއުރެންނަކަށް ނުޖެހެއެވެ. އަދި އެއުރެން ﷲ ގެ ރުހިވޮޑިގަތުމަށް ތަބާވޫއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލަވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
Reference: ސޫރަތު އާލްޢިމްރާން 3: 173-174