Loading...
Language: Dhivehi
މި ޙާދިޘާ ހިނގާފައިވަނީ މިފަދައިންނެވެ: ނަބިއްޔާ (ﷺ) އޭނާއަށް ދީނާރެއް ދެއްވިއެވެ. އެއީ އެކަލޭގެފާނަށް ކަންބަޅިއެއް ގަތުމަށެވެ. ފަހެ، ޢުރުވާ، އެ ދީނާރަށް އެކަލޭގެފާނަށްޓަކައި ދެ ކަންބަޅި ގަތެވެ. ދެން އޭގެތެރެއިން އެއް ކަންބަޅި ދީނާރަކަށް ވިއްކަވާލެއްވިއެވެ. އަދި ނަބިއްޔާ (ﷺ) ގެ އަރިހަށް ދީނާރަކާއި ކަންބަޅިއެއް ގެންނެވިއެވެ. އެހިނދު، އެކަލޭގެފާނުގެ ވިޔަފާރީގައި ބަރަކާތް ލެއްވުން އެދި ނަބިއްޔާ (ﷺ) ﷲ ގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ. އެހެންކަމުން ޢުރުވާ ވެލި ގަތްކަމުގައި ވިޔަސް (އޭނާގެ ކޮންމެ ވިޔަފާރިއަކުން) ފައިދާ ހޯއްދަވައެވެ.
Reference: ބުޚާރީ: 3642