Loading...
Language: Dhivehi
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا ﴿٩﴾ إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا ﴿١٠﴾ هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا ﴿١١﴾
ޔާ އައްޔުހައްލަޛީނަ އާމަނުޛްކުރޫ...
(9) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށްވާ ﷲ ގެ ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެއީ (އަޙްޒާބު ހަނގުރާމައިގައި) ތިޔަބައިމީހުންނާ ދެކޮޅަށް ލަޝްކަރުތަކެއް އައިހިނދެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންނާ ދެކޮޅަށް ގަދަފަދަ ވަޔާއި، ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކެއް (އެބަހީ: މަލާއިކަތުން) ފޮނުއްވީމެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ދެކެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (10) އެއުރެން ތިޔަބައިމީހުންގެ މަތިންނާއި، ތިޔަބައިމީހުންގެ ދަށުން (އެބަހީ: ވާދީގެ މަތިންނާއި ތިރިން) އައިހިނދެވެ. އަދި ލޯތައް (ބިރުން) އަމާޒުވެ، ހިތްތައް ކަރުތަކާ ހަމަޔަށްއައިހިނދެވެ. އަދި ﷲ އާމެދު ތިޔަބައިމީހުން ތަފާތު ގޮތްގޮތަށް ހީކުރާހިނދެވެ. (11) އެތާނގައި މުއުމިނުން އިމްތިޙާނު ކުރެއްވިއެވެ. އަދި ގަދަފަދަވެގެންވާ ގުޑުމަކުން އެއުރެން ގުޑުވައިލެއްވިއެވެ.
Reference: [1] ސޫރަތުލް އަޙްޒާބް 33: 9-11 [2] ޒާދުލް މަޢާދު: 3/274