Loading...
Language: Dhivehi
أَمْسَيْنَا وَأَمْسَا الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ، لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا، وَأَعُوْذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا، رَبِّ أَعُوْذُ بِكَ مِنَ الْكَسَلِ وَسُوْءِ الْكِبَرِ، رَبِّ أَعُوْذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ
އަމްސަޔްނައ ވައަމްސަޔ އލްމުލްކު ލިލްލަހި، ވައލްޙަމްދު ލިލްލަހި، ލއަ އިިލަހަ އިިލއްއަ އލލްލަހު ވަޙްދަހު ލއަ ޝަރިޔކަ ލަހު، ލަހު އލްމުލްކު ވަލަހު އލްޙަމްދު ވަހުވަ ޢަލަޔ ކުލްލި ޝަޔްއިން ޤަދިޔރުން. ރަބްބި އަސްއަލުކަ ޚަޔްރަ މައ ފިޔ ހަޛިހި އލލްލަޔްލަތި ވަޚަޔްރަ މައ ބަޢްދަހައ، ވައަޢުވޛު ބިކަ މިން ޝަރްރި މައ ފިޔ ހަޛިހި އލލްލަޔްލަތި ވަޝަރްރި މައ ބަޢްދަހައ، ރަބްބި އަޢުވޛު ބިކަ މިނަ އލްކަސަލި، ވަސުވއި އލްކިބަރި، ރަބްބި އަޢުވޛު ބިކަ މިން ޢަޛައބިން ފިޔ އލންނައރި ވަޢަޛައބިން ފިޔ އލްޤަބްރި
އަޅަމެން ހަވީރުކޮށްފީމެވެ. އަދި މުޅި ވެރިކަން ﷲ އަށް މިލްކްވެގެންވާ ޙާލު ހަވީރުވެއްޖެއެވެ. ޙަމްދު ހުރީ ﷲ އަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަން ވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މި ރޭގެ ހެޔޮކަމާއި މި ރެއަށްފަހު އަންނަން ހުރި ރޭތަކުގެ ހެޔޮކަމަށް މިއަޅާ އެދެމެވެ. އަދި މި ރޭގެ ނުބައިކަމާއި މި ރެއަށްފަހު އަންނަން ހުރި ރޭތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ޕަނާހަށް އެދެމެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ކަންނެތްކަމާއި މުސްކުޅިވެ ގައިބާރުދެރަވުމުގެ ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ނަރަކައިގެ ޢަޛާބުންނާއި ކަށްވަޅުގެ ޢަޛާބުން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ!
Reference: މުސްލިމް: 2723