Loading...
Language: Dhivehi
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ، اَللَّهُمَّ آتِ نَفْسِيْ تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا، اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا.
އޭ ﷲ! ނުކުޅެދުންތެރިކަމާއި، ކަންނެތްކަމާއި، ފިނޑިކަމާއި، ބަޚީލްކަމާއި، މުސްކުޅިވެ ގައިބާރުދެރަވުމާއި، ކަށްވަޅުގެ ޢަޒާބުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ނަފްސަށް ތަޤްވާވެރިކަން ދެއްވާނދޭވެ! އަދި އެ ނަފްސު ޠާހިރުކޮށްދެއްވާނދޭވެ. އެ ނަފްސު ޠާހިރުކޮށްދެއްވާ ހަމައެކަނި ފަރާތަކީ އިބަރަސްކަލާނގެއެވެ. އެ ނަފްސުގެ އެހީތެރިޔާއާއި މައުލާއަކީ އިބަރަސްކަލާނގެއެވެ. އޭ ﷲ! މަންފާއެއް ނުކުރާ ޢިލްމުންނާއި، ބިރުވެތިނުވާ ހިތަކުންނާއި، ނުފުރޭ ނަފްސަކުންނާއި، އިޖާބަނުކުރެއްވޭ ދުޢާއަކުން ރައްކާތެރިކޮށްދެއްވުންއެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ.
Reference: މުސްލިމް: ٢٧٢٢