Loading...
Language: Dhivehi
اَللَّهُمَّ ارْزُقْنِي حُبَّكَ وَحُبَّ مَنْ يَنْفَعُنِي حُبُّهُ عِنْدَكَ اَللَّهُمَّ مَا رَزَقْتَنِي مِمَّا أُحِبُّ فَاجْعَلْهُ قُوَّةً لِي فِيمَا تُّحِبُّ، اَللَّهُمَّ وَمَا زَوَيْتَ عَنِّي مِمَّا أُحِبُّ فَاجْعَلْهُ لِي فَرَاغًا فِيمَا تُحِبُّ
އޭ ﷲ! އިބަރަސްކަލާނގެ ލޯބި މިއަޅާއަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ޙަޟްރަތުގައި، އެމީހެއްގެ ލޯބިން މިއަޅާއަށް މަންފާކުރާނޭ މީހުންގެ ލޯބި މިއަޅާއަށް ދެއްވާނދޭވެ! އޭ ﷲ! މިއަޅާ ލޯބިވާ ކަންތައްތަކުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ކަމެއް، އިބަރަސްކަލާނގެ ލޯބިވެވޮޑިގެންވާ ކަންކަން ކުރުމަށް ލިބޭ ބާރެއްކަމުގައި ލައްވާނދޭވެ! އޭ ﷲ! މިއަޅާ ލޯބިވާ ކަންތައްތަކުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް މަނާކުރެއްވި ކޮންމެ ކަމެއް، އިބަރަސްކަލާނގެ ލޯބިވެވޮޑިގެންވާ ކަންކަން ކުރުމަށް ލިބޭ ހުސް ވަގުތު ކަމުގައި ލައްވާނދޭވެ!
Reference: ޙަސަން (އިބްނު ޙަޖަރު). ތަޚްރީޖުލް މަޞާބީޙް: 3/31