Loading...
Language: Dhivehi
أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَبَرَأَ وَذَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ
މާތް ﷲ ގެ މަތިވެރިވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އެއީ އެއްވެސް ލަފާ މީހަކަށް ނުވަތަ ނުލަފާ މީހަކަށްވެސް ފަހަނައަޅައި ނުދެވޭނޭ ކަލިމަފުޅުތަކެވެ. އެކަލާނގެ ހެއްދެވިހާ ތަކެއްޗެއްގެ ނުބައިކަމުންނާއި، އެކަލާނގެ އުފެއްދެވިހާ ތަކެއްޗެއްގެ ނުބައިކަމުންނާއި، އުޑުން ފައިބާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އުޑަށް އަރާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، ބިމުގައި އެކަލާނގެ ލެއްވި ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، ބިމުން ނުކުންނަ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، ރޭގަނޑާއި ދުވާލުގެ ފިތުނަތަކުގެ ނުބައިކަމުންނާއި، އަދި ރޭގަނޑު އަންނަ ކޮންމެ އެއްޗެއްގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ. ހެޔޮކަމެއް ގެންނަ އެއްޗެއް މެނުވީއެވެ. އޭ ރަޙްމާނުވަންތަ ރަސްކަލާނކޮ!
Reference: ޝައިޚް އަރްނައޫޠު (ރަޙިމަހުﷲ) މި ޙަދީޘްގެ ސަނަދު ތަޚްރީޖު ލިޠަޙާވިޔާ ގައި ޞަޙީޙްކަމަށް ވިދާޅުވެފައިވޭ (ޞަފްޙާ 133)