Loading...
Language: Dhivehi
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. މީސްތަކުންނަށް މޭވާގެ ކުރީކޮޅު ފެނުމުން (އަލަށް މޭވާ ލިބުމުން)، އެބޭކަލުން އެ ހިފައިގެން ރަސޫލުﷲ (ﷺ) ގެ އަރިހަށް ވަޑައިގަންނަވައެވެ. ފަހެ، އެކަލޭގެފާނު އެ ހިއްޕަވައި މިފަދައިން ދުޢާކުރައްވައެވެ.
اَللَّهُمَّ بَارِكْ لَنَا فِي ثَمَرِنَا، وَبَارِكْ لَنَا فِي مَدِينَتِنَا، وَبَارِكْ لَنَا فِي صَاعِنَا، وَبَارِكْ لَنَا فِي مُدِّنَا
އޭ ﷲ! މިއަޅަމެންގެ މޭވާތަކުގައި މިއަޅަމެންނަށްޓަކައި ބަރަކާތް ލައްވާނދޭވެ! އަދި މިއަޅަމެންގެ ރަށުގައި މިއަޅަމެންނަށްޓަކައި ބަރަކާތް ލައްވާނދޭވެ! އަދި މިއަޅަމެންގެ ޞާޢު ގައި (މިންގަނޑެއް) ބަރަކާތް ލައްވާނދޭވެ! އަދި މިއަޅަމެންގެ މުއްދު ގައި (މިންގަނޑެއް) ބަރަކާތް ލައްވާނދޭވެ!
Reference: މުސްލިމް: ١٣٧٣