Loading...
Language: Dhivehi
އުބައްޔު ބިން ކަޢުބު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: "ތިމަން ދެންނެވީމެވެ. 'އޭ ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔަވަމެވެ. ފަހެ، ތިމަންގެ ދުޢާގެ ކިހާވަރެއް ކަލޭގެފާނަށް ޚާއްޞަކުރަންވީތޯއެވެ؟' ޙަދީޘްކުރެއްވިއެވެ: 'ތިބާ ބޭނުންވަރެކެވެ.' [ވިދާޅުވިއެވެ:] "ތިމަން ދެންނެވީމެވެ: 'ހަތަރުބައިކުޅަ އެއްބައި ހެއްޔެވެ؟' ޙަދީޘްކުރެއްވިއެވެ: 'ތިބާ ބޭނުންވަރެކެވެ. ނަމަވެސް އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑުވެގެންވެއެވެ.' ތިމަން ދެންނެވީމެވެ: 'އެހެންވިއްޔާ ދެބައިކުޅަ އެއްބައި ހެއްޔެވެ؟' ޙަދީޘްކުރެއްވިއެވެ: 'ތިބާ ބޭނުންވަރެކެވެ. ނަމަވެސް އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑުވެގެންވެއެވެ.' [ވިދާޅުވިއެވެ:] "ތިމަން ދެންނެވީމެވެ: 'އެހެންވިއްޔާ ތިންބައިކުޅަ ދެބައި ހެއްޔެވެ؟' ޙަދީޘްކުރެއްވިއެވެ: 'ތިބާ ބޭނުންވަރެކެވެ. ނަމަވެސް އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑުވެގެންވެއެވެ.' ތިމަން ދެންނެވީމެވެ: 'އެހެންވިއްޔާ ތިމަންގެ ދުޢާ އެއްކޮށް ކަލޭގެފާނަށް (ޞަލަވާތްކިޔެވުމަށް) ޚާއްޞަކުރާނަމެވެ.' ޙަދީޘްކުރެއްވިއެވެ: 'އެހެންވެއްޖެނަމަ ތިބާގެ (ދުނިޔެއާއި އާޚިރަތުގެ) ހުރިހާ ދަތިކަމެއް ފިލައިދާނެއެވެ. އަދި ތިބާގެ ފާފަފުއްސެވޭނެއެވެ.'
Reference: ޞަޙީޙް (އަލްބާނީ). ތިރްމިޛީ: 2457