Loading...
Language: Dhivehi
اَللَّهُمَّ قِنِيْ شَرَّ نَفْسِيْ، وَاعْزِمْ لِيْ عَلٰى أَرْشَدِ أَمْرِيْ اَللَّهُمَّ اغْفِرْ لِيْ مَا أَسْرَرْتُ وَمَا أَعْلَنْتُ، وَمَا أَخْطَأْتُ وَمَا عَمَدْتُّ، وَمَا جَهِلْتُ.
އޭ ﷲ! މިއަޅާގެ އަމިއްލަ ނަފްސުގެ ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންކަމުގައި ތެދުމަގު ޚިޔާރުކުރުމުގެ ޢަޒުމް މިއަޅާއަށް ދެއްވާނދޭވެ! އޭ ﷲ! މިއަޅާ ސިއްރުން ކުރި ކަންތަކާއި، ފާޅުގައި ކުރި ކަންތަކާއި، (ނޭނގި) ކުށްވެގެން ކުރެވުނު ކަންތަކާއި، ގަސްދުގައި ކުރި ކަންތަކާއި، ޖާހިލުކަމުން ކުރެވުނު ކަންތަކުގެ ފާފަ މިއަޅާއަށް ފުއްސަވައިދެއްވާނދޭވެ!
Reference: ޞަޙީޙް (ޝުޢައިބް އަލްއަރްނައޫޠު). މުސްނަދު އަޙްމަދު 19992