Loading...
Language: Dhivehi
اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ اَلسَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ اَلسَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لَّا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
އެންމެހައި މުބާރަކް (ބަރަކާތްތެރި) ވެދުންތަކާއި، އެންމެހައި ޞަލަވާތްތަކާއި (ނަމާދުތަކާއި ދުޢާތައް)، އެންމެހައި ޠައްޔިބާތުތައް (ހެޔޮ ޢަމަލުތައް) ވަނީ ﷲ އަށެވެ. އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމާއި، ﷲ ގެ ރަޙްމަތާއި ބަރަކާތް ހުއްޓެވެ. އަޅަމެންގެ މައްޗަށާއި، ﷲ ގެ ޞާލިޙު އަޅުތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.
Reference: މުސްލިމް: 403