Loading...
Language: Dhivehi
ޞަފާ ފަރުބަދަ މައްޗަށް އަރައި ބައިތުﷲ އަށް ކުރިމަތިލައި ﷲ ގެ އެއްކައުވަންތަކަމާއި ބޮޑުކަމާއި ޙަމްދު ބަޔާންކޮށް މިފަދައިން ކިޔާށެވެ:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيْتُ وَهَوُ عَلَى كُلِّ شَيْءٍ قَدِيْرٌ، لَا إِلَهَ إِلَّا اَللَّهُ وَحْدَهُ لَا شَرِيْكَ لَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَةُ.
ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދުހުރީ އެކަލާނގެއަށެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. އެކަލާނގެ ވަޢުދުފުޅު ފުއްދަވައިދެއްވައިފިއެވެ. އަދި އެކަލާނގެ އަޅާއަށް ނަޞްރުދެއްވައިފިއެވެ. އަދި ގުޅިފައިވާ ލަޝްކަރުތައް އެކަނިމާއެކަނި ބަލިކުރައްވައިފިއެވެ.
Reference: ޞަޙީޙް. އިބްނު މާޖާ: ٢٥١٢