Loading...
Language: Dhivehi
ރަސޫލާ (ﷺ) ގެ މައްޗަށް ١٠ ފަހަރު ޞަލަވާތް ކިޔަވާށެވެ -
اَللَّھُمَّ صَلِّ عَلَی مُحَمَّدٍ وَّعَلَی آلِ مُحَمَّدٍ کَمَا صَلَّیْتَ عَلَی اِبْرَاھِیْمَ وَعَلَی آلِ اِبْرَاھِیْمَ اِنَّكَ حَمِیْدٌ مَّجِیْدٌ، اَللَّھُمَّ بَارِكْ عَلَی مُحَمَّدٍ وَّعَلَی آلِ مُحَمَّدٍ کَمَا بَارَکْتَ عَلَی اِبْرَاھِیْمَ وَعَلَی آلِ اِبْرَاھِیْمَ اِنَّكَ حَمِیْدٌ مَّجِیْدٌ
އލލްލަހުމްމަ ޞަލްލި ވަސަލްލިމް ޢަލަޔ ނަބިޔްޔިނައ މުޙަމްމަދިން
އޭ ﷲ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ރަޙްމަތް ލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ރަޙްމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ، މާތްވަންތަ ރަސްކަލާނގެއެވެ. އޭ ﷲ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ، މާތްވަންތަ ރަސްކަލާނގެއެވެ. ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: "ހެނދުނު ١٠ ފަހަރު، އަދި ހަވީރު ١٠ ފަހަރު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފި މީހަކަށް، ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭހުއްޓެވެ."
Reference: އައްޠަބަރާނީ، ޞަޙީޙުއް ތަރްޣީބް ވައް ތަރްހީބް 1/273