Loading...
Language: Dhivehi
اَلْحَمْدُ لِلَّهِ الَّذِيْ يُطْعِمُ وَلَا يُطْعَمُ، مَنَّ عَلَيْنَا فَهَدَانَا وَأَطْعَمَنَا وَسَقَانَا وَكُلَّ بَلَاءٍ حَسَنٍ أَبْلَانَا، اَلْحَمْدُ لِلَّهِ غَيرَ مُوَدَّعٍ وَّلَا مُكَافَأٍ وَّلَا مُكَافَأٍ وَّلَا مَكْفُوْرٍ وَّلَا مُسْتَغْنًى عَنْهُ، اَلْحَمْدُ لِلَّهِ الَّذِيْ أَطْعَمَ مِنَ الطَّعَامِ وَسَقٰى مِنَ الشَّرَابِ وَكَسٰی مِنَ العُرْيِ وَهَدٰى مِنَ الضَّلَالَةِ وَبَصَّرَ مِنَ العَمْيِ وَفَضَّلَ عَلٰى كَثِيْرٍ مِمَّنْ خَلَقَ تَفْضِيلًا، اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
އެންމެހައި ޙަމްދެއް ހުރީ ﷲ އަށެވެ. އެކަލާނގެއީ (އެހެންފަރާތްތަކަށް) ކާންދެއްވާ، އަދި އެކަލާނގެއަށް ކާންދެވުމެއް ނުވާ ރަސްކަލާނގެއެވެ. އަޅަމެންނަށް އެކަލާނގެ ހެޔޮކަން މިންވަރުކުރެއްވިއެވެ. އަދި އަޅަމެންނަށް ތެދުމަގު ދެއްކެވިއެވެ. އަދި އަޅަމެންނަށް ކާންދެއްވިއެވެ. އަދި އަޅަމެންނަށް ބޯންދެއްވިއެވެ. އަދި ރިވެތިވެގެންވާ އިމްތިޙާނަކުން އަޅަމެން އިމްތިޙާނު ކުރެއްވިއެވެ. އެންމެހައި ޙަމްދެއް ހުރީ ﷲ އަށެވެ. އެއީ ވަކިނުވެވޭނެ، އަދި އެކަލާނގެ ދެއްވާ ނިޢުމަތްތަކުގެ ބަދަލު ނުދެވޭނެ، އަދި އެއާމެދު ޝުކުރުވެރިވުން ދޫކޮށްނުލެވޭނެ، އަދި އެކަލާނގެއާ ނުލައި ފުދިގެން ނުވާ ރަސްކަލާނގެއެވެ. ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ. އެކަލާނގެއީ ކާނާއިން ކާންދެއްވާ، އަދި ބުއިމުން ބޯންދެއްވާ، އަދި އޮރިޔާން ނިވާކުރާނެ ފޭރާން ދެއްވާ، އަދި މަގުފުރެދުމުން ސަލާމަތްކޮށް ތެދުމަގު ދައްކަވާ، އަދި ނުފެނުމުގެ (ލޮލުއަނދިރިކަމުގެ) ތެރެއިން ލޮލަށް ފެނުން ދެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ މައްޗަށް އަޅަމެން މާތްކުރެއްވިއެވެ. ޢާލަމްތަކުގެ ވެރި ﷲ އަށް ޙަމްދު ހުއްޓެވެ.
Reference: ޞަޙީޙް (އަޙްމަދު ޝާކިރު). ޢުމްދަތުއް ތަފްސީރު 1/865