Loading...
Language: Dhivehi
اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ الرَّحْمَٰنِ الرَّحِيمِ مَالِكِ يَوْمِ الدِّينِ لَا إِلٰهَ إِلَّا اللَّهُ يَفْعَلُ مَا يُرِيْدُ اَللَّهُمَّ أَنْتَ اللَّهُ لَا إِلٰهَ إِلَّا أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَّبَلَاغًا إِلٰى حِيْنٍ.
ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޤިޔާމަތް ދުވަހުގެ ވެރިރަސްކަލާނގެއެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް ކުރައްވައެވެ. އޭ ﷲ! އިބަރަސްކަލާނގެއީ ﷲ އެވެ. އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެއީ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އަޅަމެންނީ ފަޤީރުންނެވެ. އަޅަމެންގެ މައްޗަށް ވާރޭ ވެއްސަވާނދޭވެ! އަދި އަޅަމެންނަށްޓަކައި ބާވައިލެއްވި ފެނަކީ ބާރަކަށް އަދި ހިނދުކޮޅަކަށް (އޭގެ) މަންފާކުރާ އެއްޗެއް ކަމުގައި ލައްވާނދޭވެ!
Reference: ޙަސަން. އަބޫ ދާވޫދު: ١١٧٣