Loading...
Language: Dhivehi
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "އަޅަކަށް ފާފައެއް ކުރެވުމުން، ފުރިހަމައަށް ވުޟޫކޮށްގެން، ތެދުވެ ދެ ރަކްޢަތް ނަމާދެއްކޮށް، ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވައިފިނަމަ، ހަމަކަށަވަރުން ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވާނެއެވެ." ދެން އެކަލޭގެފާނު މި އާޔަތް ކިޔަވައިވިދާޅުވިއެވެ:
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ ﴿١٣٥﴾ أُولَٰئِكَ جَزَاؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَنِعْمَ أَجْرُ الْعَامِلِينَ ﴿١٣٦﴾
ވައްލަޛީނަ އިޛާ ފަޢަލޫ ފާޙިޝަތަން...
އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތަކަށް ފުއްސެވުންއެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ މެނުވީ ފާފަފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެންނަށް އެނގިތިބެ، އެއުރެން ކުރި ކުށްތަކުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާއަކީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި ހެޔޮ ޢަމަލުކުރާ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!
Reference: ޞަޙީޙް. އަބޫ ދާވޫދު: ١٥٢١