Loading...
Language: Dhivehi
ރަސޫލުﷲ ﷺ ފަތިސް ނަމާދަށްފަހު ސަލާމްދެއްވައި މިފަދައިން ވިދާޅުވެއެވެ:
اَللَّهُمَّ إِنِّي أَسْأَلُكَ يَا اَللَّهُ بِأَنَّكَ الْوَاحِدُ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَّهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوْبِيْ، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
އޭ ﷲ! އޭ ﷲ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އިބަރަސްކަލާނގެއީ އެއްކައުވަންތަ، ހަމައެކަނި، ފުދިވޮޑިގެންވާ، އެހެން ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާ، ނުއުފައްދަވާ އަދި އުފެދިވަޑައިގެންނުވާ، އަދި އިބަރަސްކަލާނގެއާ އެއްވަރުވެގެންވާ ހަމައެކަކުވެސް ނުވާ ރަސްކަލާނގެ ކަމަށް މިއަޅާ ހެކިވަމެވެ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
Reference: ޞަޙީޙް. އަން-ނަސާއީ: ١٣٠١