Loading...
Language: Dhivehi
ރަސޫލުﷲ ﷺ އަށް މީހަކު މިފަދައިން ކިޔަނިކޮށް އިވިވަޑައިގަތެވެ:
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَّنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ اَلَّذِي لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُنْ لَّهُ كُفُوًا أَحَدٌ
އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ. އެއީ އިބަރަސްކަލާނގެއީ ﷲ ކަމަށާއި، އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް މިއަޅާ ހެކިވާތީއެވެ. އިބަރަސްކަލާނގެއީ އެއްކައުވަންތަ، ފުދިވޮޑިގެންވާ، އެހެން ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާ، ނުއުފައްދަވާ އަދި އުފެދިވަޑައިގެންނުވާ، އަދި އިބަރަސްކަލާނގެއާ އެއްވަރުވެގެންވާ ހަމައެކަކުވެސް ނުވާ ރަސްކަލާނގެއެވެ.
Reference: ޞަޙީޙް. އަބޫ ދާވޫދު: ١٤٩٣