Loading...
Language: Dhivehi
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
ރައްބަނާ ތަޤައްބަލް މިންނާ...
އޭ އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މި ޢަމަލު) ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގެންވާ، ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅަމެން ދެމީހުންނީ އިބަރަސްކަލާނގެއަށް ކިޔަމަންވާ ދެމީހުން ކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ ދަރިފަސްކޮޅުންވެސް، އިބަރަސްކަލާނގެއަށް ކިޔަމަންވާ އުއްމަތެއް ލައްވާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް ތައުބާ ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
Reference: ސޫރަތުލް ބަޤަރާ 2:127-128