Loading...
Language: Dhivehi
ސައްޔިދުލް އިސްތިޣްފާރު (އެއް ފަހަރު) -
اَللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ (لَكَ) بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
އލލްލަހުމްމަ އަންތަ ރަބްބިޔ ލއަ އިިލަހަ އިިލއްއަ އަންތަ، ޚަލަޤްތަނިޔ ވައަނައ ޢަބްދުކަ، ވައަނައ ޢަލަޔ ޢަހްދިކަ ވަވަޢްދިކަ މައ އސްތަޠަޢްތު، އަޢުވޛު ބިކަ މިން ޝަރްރި މައ ޞަނަޢްތު، އަބުވއު ލަކަ ބިނިޢްމަތިކަ ޢަލަޔްޔަ، ވައަބުވއު ބިޛަންބިޔ ފައޣްފިރް ލިޔ ފައިިންނަހު ލއަ ޔަޣްފިރު އލޛްޛުނުވބަ އިިލއްއަ އަންތަ
އޭ ﷲ! އިބަރަސްކަލާނގެއީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. މިއަޅާ ހެއްދެވީ އިބަރަސްކަލާނގެއެވެ. އަދި މިއަޅާއީ އިބަރަސްކަލާނގެ އަޅަކީމެވެ. އަދި މިއަޅާ ކުޅަދާނަވީ މިންވަރަކުން އިބަރަސްކަލާނގެ ޢަހުދާއި ވަޢުދުގެ މަތީގައި ދެމިހުރީމެވެ. މިއަޅާއަށް ކުރެވުނު ކަންތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ޕަނާހަށް އެދެމެވެ. މިއަޅާގެ މައްޗަށްވާ އިބަރަސްކަލާނގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ، މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަރަސްކަލާނގެ މެނުވީ ފާފަ ފުއްސަވައިދެވޭނެ ފަރާތެއް ނުވެއެވެ.
Reference: ބުޚާރީ: 6306