Loading...
Language: Dhivehi
އަބޫ މޫސަލް އަޝްޢަރީގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ މި ދުޢާ ކިޔުއްވައި އުޅުއްވިއެވެ:
اَللَّهُمَّ اغْفِرْ لِي خَطِيْئَتِيْ وَجَهْلِيْ وَإِسْرَافِي فِي أَمْرِيْ وَمَا أَنْتَ أَعْلَمُ بِهِ مِنِّي اَللَّهُمَّ اغْفِرْ لِي جِدِّيْ وَهَزَلِيْ وَخَطَئِيْ وَعَمْدِيْ وَكُلُّ ذَلِكَ عِنْدِيْ اَللَّهُمَ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيْرٌ
އޭ ﷲ! މިއަޅާގެ ކުށްތަކާއި، މިއަޅާގެ ޖާހިލުކަމާއި، މިއަޅާގެ ކަންކަމުގައި މިއަޅާއަށް އިސްރާފުކުރެވިފައިވާ ކަންތަކާއި، މިއަޅާއަށްވުރެ ބޮޑަށް އިބަރަސްކަލާނގެ ދެނެވޮޑިގެންވާ އެންމެހައި ކަމެއްގެ ފާފަ މިއަޅާއަށް ފުއްސަވާނދޭވެ! އޭ ﷲ! ސަމާސާއަށް ކުރެވުނު ކަންތަކާއި، ސީރިއަސްކޮށް ކުރެވުނު ކަންތަކާއި، ނޭނގި ކުރެވުނު ކަންތަކާއި، ގަސްދުގައި ކުރެވުނު ކަންތަކުގެ ފާފަ މިއަޅާއަށް ފުއްސަވާނދޭވެ! މި ހުރިހާ ކަމެއް މިއަޅާގެ ކިބައިގައި ވެއެވެ. އޭ ﷲ! އަދި މިއަޅާ އިސްކޮށްފައިވާ ކަންތަކާއި، ފަސްކޮށްފައިވާ ކަންތަކާއި، ސިއްރުން ކޮށްފައިވާ ކަންތަކާއި، ފާޅުގައި ކޮށްފައިވާ ކަންތަކާއި، މިއަޅާއަށްވުރެ ބޮޑަށް އިބަރަސްކަލާނގެ ދެނެވޮޑިގެންވާ އެންމެހައި ކަމެއްގެ ފާފަ މިއަޅާއަށް ފުއްސަވާނދޭވެ! އިސްކުރައްވާ ރަސްކަލާނގެއީ އިބަރަސްކަލާނގެއެވެ. އަދި ފަސްކުރައްވާ ރަސްކަލާނގެއީވެސް އިބަރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Reference: މުސްލިމް: ٢٧١٩